ހަނގުރާމަ ހުއްޓާލުމަށާއި ސަރަޙައްދީ ރައްކާތެރިކަން ވަރުގަދަކުރުމަށް އީރާނުގެ އެންމެ މަތީ ވެރިޔާ ގޮވާލައްވައިފި
އެމެރިކާއާއި އިސްރާއީލާއެކު ކުރެވޭ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ތެހެރާނުގެ ޝަރުތުތަކަށް އިޙްތިރާމްކުރަންޖެހޭ ކަމަށާއި، "ހަނގުރާމައެއްވެސް އަދި ސުލްހައެއްވެސް ނެތް" ހާލަތެއްގައި ގައުމު ތާށިވެފައި އޮތުމަށް ފުރުސަތު ނުދެވޭނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރެޒާއީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޚާމަނާއީ ވަނީ ވެވޭ އެއްވެސް އެއްބަސްވުމަކުން އީރާނުގެ މަސްލަހަތާއި "ރެސިސްޓެންސް ފްރަންޓް" ގެ މަސްލަހަތުތައް ހިމާޔަތްކުރެވެންޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ހޯރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާރުފޯރުވުމުގެ އިތުރުން ސަރަހައްދީ ރައްކާތެރިކަމާ ބެހޭގޮތުންނާއި އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
Ads by BMLއީރާނުން ދައްކަމުންދާ ސާބިތުކަމުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި، ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ޚާމަނާއީ ވަނީ ގޮވާލައްވާފައެވެ. އަދި ސަރަހައްދުގެ ގައުމުތައް އިސްވެ ތިބެ ސަރަހައްދީ ރައްކާތެރިކަން ގާއިމުކުރުމަށް ހެދިފައިވާ ރޭވުންތަކުގެ ތަފްސީލު ރެޒާއީ ވަނީ މި ބައްދަލުވުމުގައި ހުށަހަޅުއްވާފައެވެ.
Ads by MACL
