އޯމާނުން ޕާކިސްތާނުގެ ޖޭއެފް-17 މަރުކާގެ ފައިޓާ ޖެޓް ގަންނަނީ
އޯމާންގެ ރޯޔަލް އެއާ ފޯސްއަށް ޕާކިސްތާނާއި ޗައިނާ ގުޅިގެން އުފައްދާ ޖޭއެފް-17 ތަންޑާ މަލްޓިރޯލް ފައިޓާ ޖެޓް ގަތުމަށްޓަކައި އެ ދެ ގައުމާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި މަޝްވަރާތައް ކުރިއަށްދާން ފަށާފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޯމާންގެ ހާރިޖީ ވަޒީރު އިސްލާމާބާދަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ބޭއްވުނު އަށްވަނަ ޖޮއިންޓް މިނިސްޓީރިއަލް ކޮމިޝަންގެ ބައްދަލުވުމުގެ ތެރެއިން ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގެ ބައެކެވެ.
މި މަތިންދާބޯޓުތައް ގަތުމުގެ މައިގަނޑު ބޭނުމަކީ އޯމާނުގެ ވައިގެ ސިފައިން މިހާރު ބޭނުންކުރަމުންދާ 17 އެފް-16ސީ/ޑީ އާއި، 12 ޔޫރޯފައިޓާ ޓައިފޫން އަދި 10 ހޯކް 200 މަރުކާގެ މަތިންދާބޯޓުތަކުގެ ފްލީޓު އިތުރަށް ވަރުގަދަކުރުން ނުވަތަ ދުވަސްވީ ބޯޓުތައް ބަދަލުކުރުމުގެ މަސައްކަތް ފެށުމެވެ.
Ads by BMLނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ. އަދި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އޯމާނުން، ޕާކިސްތާނުން ނުވަތަ ޗައިނާއިންވެސް އިއުލާންކޮށްފައެއް ނުވެއެވެ. މިއީ ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައިވާ މައުލޫމާތެއް ނޫނެވެ.
Ads by MACL
