ދުނިޔޭގެ ހަނގުރާމަތަކުން ފައިދާނަގާ "ބާރުގަދަ ފަރާތްތަކެއް" އުޅޭކަމަށް ބުނެ ޕާކިސްތާނު އަސްކަރިއްޔާއިން އިންޒާރުދީފި
ދުނިޔޭގައި ހިނގަމުންދާ އެކި ނުކިއްސަރު ހަނގުރާމަތަކާއި ސިޔާސީ ހަމަނުޖެހުންތަކުން ނާޖާއިޒު މާލީ ފައިދާ ނަގަމުންދާ "ބާރުގަދަ ފަރާތްތަކެއް" އުޅޭކަމަށް ބުނެ، ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ބޮޑު އިންޒާރެއް ދީފައެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަޙްމަދު ޝަރީފް ޗައުދުރީ ވިދާޅުވީ، ހަނގުރާމައާއި، ގައުމުތަކުގެ ސިޔާސީ ނުސްތަގުރާރުކަމާއި، އިގްތިސާދީ ދަތިކަމަކީ އެ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ކަންކަން ކަމަށް ބައެއް ވަރުގަދަ ބާރުތަކުން ނުބައިކޮށް ގަބޫލުކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަޙްމަދު ޝަރީފް ވިދާޅުވީ، މިފަދަ ހަނގުރާމަތަކުން ޕާކިސްތާނަށް ނުވަތަ މުޅި ދުނިޔެއަށްވެސް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށާއި، އަދި އެއީ އެމެރިކާގެ އާންމު ރައްޔިތުންނަށް ވެސް އޭގެއިން އެއްވެސް މަންފާއެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.
Ads by BMLއަސްކަރީ އުފެއްދުންތައް އުފައްދާ ބޮޑެތި ކުންފުނިތަކާއި ހަނގުރާމައަށް ހިތްވަރުދޭ ފަރާތްތަކުން ދުވަހެއް ދުވަހަކަށް މުއްސަނދިވަމުންދާއިރު، ޕާކިސްތާނުން ފެށިގެން އެމެރިކާއާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާންމު ރައްޔިތުންނަށް ޖެހެނީ މިކަމުގެ ނޭދެވޭ އަސަރުތަކާ ކުރިމަތިލާން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ނުފޫޒުގަދަ ފަރާތްތަކުން ދާއިމީ ހަނގުރާމަތަކާއި އިގްތިސާދީ ދަތިކަމަކީ އެމީހުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ދެކުނު ކަމުގައި ވީނަމަވެސް، އެ ފަރާތްތަކުން އެ ނައްތާލަނީ އެމީހުން އަމިއްލައަށް އިސްވެ ހިމާޔަތްކުރަން ދައުވާކުރާ ދުނިޔޭގެ ނިޒާމު ކަމަށްވެސް ޕާކިސްތާނު އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
Ads by MACL
