އީރާނަށް ނިއުކްލިޔަރ ހަމަލާއެއް ދީފިނަމަ އިސްރާއީލް ފޮހެލާނަން: ޗައިނާ
އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ މަސްރަޙު އިތުރަށް ގޯސްވަމުންދާ މި ދަނޑިވަޅުގައި، އީރާނަށް ނިއުކްލިޔަރ ހަމަލާއެއް ދީފިނަމަ އިސްރާއީލް ދުނިޔޭގެ ޗާޓުން ފޮހެލާނެ ކަމުގެ ވަރުގަދަ އިންޒާރެއް ޗައިނާއިން ދީފިއެވެ. ޗައިނާގެ މި އިންޒާރަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން އެ ގައުމުން މިހާތަނަށް ދިން އެންމެ ހަރުކަށި އެއް ބަޔާނެވެ.
ޗައިނާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅުވައިގެން އިސްރާއީލުން އީރާނަށް ނިއުކްލިޔަރ ހަމަލާއެއް ދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢުންނާއި ޗައިނާއަށްވެސް އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ހަމަލާއެއް އިސްރާއީލުން ދީފިނަމަ، އެކަމުގެ ސީދާ ނަތީޖާއެއްގެ ގޮތުން އިސްރާއީލުގެ ދައުލަތް ދުނިޔެއިން ފޮހެލާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
އީރާނާއި އިސްރާއީލާ ދެމެދު ސިޔާސީ އަދި އަސްކަރީ ނުގުޅުންތެރިކަން ބޮޑުވެފައިވާއިރު، އިސްރާއީލުން އަބަދުވެސް ތުހުމަތު ކުރަމުންދަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ އެ ސަރަހައްދުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. މީގެ އިތުރުން، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އީރާނުން ވާގިވެރިވާ ކަމަށް ބުނެ އިސްރާއީލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Ads by BMLޗައިނާއިން މިފަދަ ހަރުކަށި ބަޔާނެއް ނެރެފައިވަނީ މެދުއިރުމަތީގެ ސިޔާސީ އަދި އިގްތިސާދީ މައިދާނުގައި އެ ގައުމުގެ ނުފޫޒު ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. އީރާނަކީ ޗައިނާއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި މުހިންމު ބައިވެރިއަކަށްވާއިރު، އެ ސަރަހައްދުގެ ބޮޑެތި އިގްތިސާދީ މަޝްރޫއުތަކުގައިވެސް ޗައިނާގެ ހިއްސާ ބޮޑެވެ. އެހެންކަމުން މިއީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށްވެސް ދެވުނު ސީދާ އިންޒާރެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ.
ޗައިނާގެ މި އިންޒާރާއެކު ބައިނަލްއަގުވާމީ މުޖުތަމަޢުގެ ތެރޭގައި އެކި ކަހަލަ ރައްދުތައް ވަނީ އުފެދިފައެވެ. ބައެއް ގައުމުތަކުން ޗައިނާގެ މި ބަޔާން ކުށްވެރިކުރިއިރު، އެމެރިކާ ފަދަ ގައުމުތަކުން ބުނެފައިވަނީ މިފަދަ ބަޔާންތަކުގެ ސަބަބުން މަސްރަޙު އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ. ނަމަވެސް، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި އެ ގައުމުގައި ނިއުކްލިޔަރ ހަތިޔާރު އުފައްދާފައި ހުރުމަކީ ހުޅަނގުގެ ގައުމުތަކަށް މައްސަލައަކަށް ވެފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.
Ads by MACL
