ސްރީލަންކާގެ ގައިޑަކު މޫދަށް ކޮށްޕާލި އިސްރާއީލު ފަތުރުވެރިންތަކަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ
ސްރީލަންކާގެ ޓުއަރ ގައިޑަކު ބޯޓެއްގެ މަތީގައި އިނދެ ފެން ބޮމުން ދަނިކޮށް، އިސްރާއީލުގެ ފަތުރުވެރިންތަކެއް އޭނާ މޫދަށް ކޮށްޕާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އެ މީހުންނަށް އަމާޒުވެއްޖެއެވެ.
މީސްމީޑިއާ ޕްލެޓްފޯމް އެކްސްގައި ރައުލް މާކޭޒް ގާޒާ ނަމަކަށް ކިޔާ އެކައުންޓަކުން ހިއްސާކޮށްފައިވާ 10 ސިކުންތުގެ މި ވީޑިއޯއިން ފެންނަ ގޮތުގައި، ސްރީލަންކާގެ ގައިޑު ބޯޓުގެ އެއްފަރާތުގައި އިށީނދެގެން އިނދެ ފުޅިއަކުން ފެން ބޮމުން ދަނިކޮށް، ކައިރީގައި އިން އިސްރާއީލު ފަތުރުވެރިއަކު އޭނާ ކޮށްޕާ މޫދަށް ވައްޓާލައެވެ. އަދި އެ މަންޒަރު އެ މީހުންގެ ތެރެއިން އެހެން މީހަކު ވީޑިއޯ ކުރަމުންދާއިރު، އެ މީހުން ހެމުން މަޖާކުރާ އަޑުވެސް އިވެއެވެ.
https://twitter.com/AztecaEl/status/2119662704726364541
Ads by BMLމި އަމަލާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން އެ ފަތުރުވެރިން ބުނެފައިވަނީ އެއީ ހަމައެކަނި "ސަމާސާއަކަށް" ކުރި ކަމެއް ކަމަށާއި، ގޯސް ނިޔަތެއްގައި ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެ މީހުންނަކީ މީގެ މަސްދުވަސް ކުރިން އަސްކަރިއްޔާއާ ގުޅުނު "ރަނގަޅު ޒުވާނުން" ކަމަށާއި، އެފަދަ ނަފްރަތަކާއި ފާޑުކިޔުންތަކެއް އެ މީހުންނަށް ހައްގު ނޫން ކަމަށް ބުނެ އެ މީހުން ވަނީ އަމިއްލަ ދިފާއުގައި ވާހަކަދައްކާފައެވެ.
ނަމަވެސް، ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ފަތުރުވެރިންގެ މި އަމަލަކީ ވަރަށް ދަށުދަރަޖައިގެ އަދި އަނިޔާވެރި އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން، ޚިދުމަތްދޭ ގައިޑަކަށް އިހުތިރާމު ކުޑަކޮށް އެފަދަ ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.
Ads by MACL
