ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޙަމާސްގެ އިސް ކޮމާންޑަރަކު އިސްރާއީލުން ޝަހީދުކޮށްލައިފި

ޙަމާސްގެ އިސް ކޮމާންޑަރަކު އިސްރާއީލުން ޝަހީދުކޮށްލައިފި

ޙަމާސްގެ ރަފަޙް ބްރިގޭޑްގެ އިސް ކޮމާންޑަރެއް ކަމަށްވާ ސަމީރު އަބޫ ޔޫނުސް، ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސްއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވެއްޖެ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ (އައި.ޑީ.އެފް) އިން ދިން މި ހަމަލާގައި ސަމީރު އަބޫ ޔޫނުސް ޝަހީދުވެފައިވާކަން ޙަމާސް ޖަމާޢަތުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޙަމާސްއިން ހާމަކޮށްފައިވާ ގޮތުގައި އަބޫ ޔޫނުސް އެ ޖަމާޢަތުގެ ހަތިޔާރުއެޅި ގޮފި، އަލް-ޤައްސާމް ބްރިގޭޑްސްއާ ގުޅިފައިވަނީ 1991 ވަނަ އަހަރުއެވެ. އަދި ރަފަޙް ބްރިގޭޑްގެ ކޮމާންޑަރުކަމާ ހަވާލުވުމުގެ ކުރިން، އޭނާ ވަނީ ރަފަޙްގައި އޮޕަރޭޝަނަލް ގިނަ އިސް މަޤާމުތަކެއް ފުރާފައެވެ.

ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް އިސްރާއީލުން ދެމުންގެންދާ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، މި ހަމަލާތަކުގައި ޙަމާސްގެ އިސް ލީޑަރުންނާއި ކޮމާންޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ދަނީ ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ. ޚާން ޔޫނުސްއާއި ރަފަޙް ސަރަޙައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ފަލަސްޠީނުގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު ވެސް ދަނީ ޝަހީދުވަމުންނެވެ.