މިސުރުގައި ދޭން އުޅުނު ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލައިފި
މިސުރުގައި ދޭން އުޅުނު ނުރައްކާތެރި ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލައި 2 ހަނގުރާމަ ވެރިން މަރާލައިފިއެވެ.
މިޞްރުގެ ވެރިރަށް ޤާހިރާގައި، ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރި ޖަމާޢަތަކާ ދެމެދު ހިނގި ބަޑީގެ ހަމަލާތަކެއްގައި ދެ ހަނގުރާމަވެރިއަކާއި އާންމު މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި އާންމު މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށްވެސް ވަނީ އަނިޔާވެފައެވެ.
މިޞްރުގެ ދާޚިލީ ވުޒާރާއިން ބުނީ، މި ހަމަލާތައް ހިނގީ، ޤައުމުގެ އިޤްތިޞާދީ އަދި ސަލާމަތީ މަރުކަޒުތަކަށް އަމާޒުކޮށްގެން ދޭން ރޭވި ނުރައްކާތެރި ޙަމަލާތަކެއްގެ ރޭވުން ފަޅާއެރުވުމަށް ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި ރޭވުމުގެ ފަހަތުގައިވަނީ، މިޞްރުގައި ޣައިރުޤާނޫނީ ޖަމާޢަތެއް ކަމަށް ކަނޑައަޅާފައިވާ އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ ހަތިޔާރުއެޅި ގޮފި ކަމަށް ބެލެވޭ 'ހަސްމު މޫވްމަންޓް' ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
ސަލާމަތީ އިދާރާތަކަށް ލިބުނު މަޢުލޫމާތުތަކަށް ބިނާކޮށް، ހަސްމު މޫވްމަންޓުން މަސައްކަތްކުރަމުން ދިޔައީ، އެ ޖަމާޢަތުގެ މުހިންމު މެންބަރަކު އަވަށްޓެރި ޤައުމެއްގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ޤަވާއިދާ ޚިލާފަށް މިޞްރަށް އެތެރެކުރުމަށެވެ. މިކަމުގެ މަޤްޞަދަކީ، އެ މީހާ ލައްވައި މިޞްރުގައި އާ ހަމަލާތަކެއްގެ ސިލްސިލާއެއް ފެށުން ކަމަށް ދާޚިލީ ވުޒާރާގެ ބަޔާނުގައިވެއެވެ.
Ads by BMLމި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ، ހަސްމު މޫވްމަންޓުން އެ ޖަމާޢަތުގެ މެންބަރުން އަވަށްޓެރި ޤައުމެއްގެ ސަހަރާއެއްގައި އަސްކަރީ ތަމްރީނު ހަދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް، މިޞްރަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. ހަސްމު މޫވްމަންޓަކީ އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތެކެވެ.
Ads by MACL
