ނަތަންޔާހޫ ކާނާ ވިހަވެ 3 ދުވަހު ގޭގައި މަޑުކުރަން ޖެހިއްޖެ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކާނާ ވިހަވެ، ގޭގައި ތިން ދުވަހު އަރާމުކުރަން ގޭގައި މަޑުކުރަން ޖެހިފައިވާ ކަމަށް އޭނާގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.
މިކަމުގެ ސަބަބުން ދައުލަތުގެ މަސްއޫލިއްޔަތުތައް ގޭގައި ހުރެގެން އަދާކުރަން ނަތަންޔާހޫއަށް ވަނީ ލާޒިމްވެފައެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ރޭގަނޑު ކާނާ ވިހަވުމުގެ ސަބަބުން ނަތަންޔާހޫގެ ގޮހޮރުގައި އިންފްލެމޭޝަން އުފެދި، ހަށިގަނޑުން ފެން މަދުވެފައިވެއެވެ.
Ads by BMLމިހާރު އުމުރުން 75 އަހަރުގެ ނަތަންޔާހޫއަށް، އައިވީ ގުޅައިގެން ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ޑޮކްޓަރުން ލަފާދީފައިވާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު އޭނާ ގޭގައި އަރާމުކުރަމުން ދާނެއެވެ.
ޑޮކްޓަރުންނާ ހަވާލާދީ ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި، މި ކާނާ ވިހަވީ ނުބައިވެފައި ހުރި އެއްޗެއް ކެވިގެންނެވެ.
ނަތަންޔާހޫއަށް މިފަހުން އެކި ސިއްހީ މައްސަލަތައް ދިމާވެފައިވެއެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރު ހަށިގަނޑަށް ޕޭސްމޭކާއެއް ލެއްވުމާއި، މިދިޔަ ޑިސެމްބަރު މަހު ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދި، އޭނާގެ ޕްރޮސްޓޭޓް ނެގުމުގެ އިތުރުން ހާނިއާ ސާޖަރީއެއް ހެދުން ހިމެނެއެވެ.
Ads by MACL
