އިންޑިއާއިން އަނެއްކާވެސް ޗައިނާގެ ރައްޔިތުންނަށް ޓޫރިސްޓް ވިސާ ދޫކުރަން ނިންމައިފި
ފާއިތުވި ތިން އަހަރަށްފަހު، އިންޑިއާއިން ޗައިނާގެ ރައްޔިތުންނަށް އަނެއްކާވެސް ޓޫރިސްޓް ވިސާ އަލުން ދޫކުރަން ފަށާނެ ކަމަށް އިއުލާންކޮށްފިއެވެ. މިއީ 2020 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި އުފެދުނު ދެބަސްވުންތަކަކަށް ފަހުން ގުޅުން ރަނގަޅު ކުރުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އިންޑިއާގެ އެމްބަސީން ބުދަ ދުވަހު ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ވީބޯ' ގައި ޝާއިއުކުރި ނޯޓިހެއްގައިވާ ގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ޗައިނާގެ ރައްޔިތުންނަށް އިންޑިއާއަށް ދަތުރުކުރުމަށް ޓޫރިސްޓް ވިސާއަށް އެދި ހުށަހެޅޭނެއެވެ.
އިންޑިއާއިން ޗައިނާ ރައްޔިތުންނަށް ވިސާ ދޫކުރުން ހުއްޓާލާފައިވަނީ 2020 ވަނަ އަހަރު ޖައްމޫ އެންޑް ކަޝްމީރުގެ ސަރަހައްދުގައި ދެ ގައުމުގެ ސިފައިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ 4 ސިފައިން މަރުވުމާ ގުޅިގެންނެވެ.
Ads by BMLއިންޑިއާގެ މި ނިންމުމަށް ޗައިނާއިން ވަނީ މަރުހަބާ ކިޔާފައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، ގުއޯ ޖިއާކުން، ވިދާޅުވީ މިއީ "ހެޔޮ ފިޔަވަޅެއް" ކަމަށާއި، ސަރަހައްދީ ދަތުރުފަތުރު ފަސޭހަކުރުމަކީ ދެ ގައުމުގެ މަސްލަޙަތު ހިމެނޭ ކަމެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ދަތުރުފަތުރު ފަސޭހަކުރުމަށް އިންޑިއާއާ އެކު މަސައްކަތްކުރުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ވިސާގެ ޚިދުމަތް އަލުން ފެށި ނަމަވެސް، އިންޑިއާއިން ޗައިނާއަށް ސީދާ ދަތުރުތައް އަދިވެސް ފަށާފައެއް ނުވެއެވެ.
Ads by MACL
