އެއްވެސް ދީނެއްގެ މީހަކަށް ނުޙައްޤުން އަނިޔާ ދިނުމަކީ އިސްލާމްދީން މަނާކުރައްވާފައިވާ ކަމެއް: ޚުތުބާ
އެއްވެސް ދީނެއްގެ މީހަކަށް ނުޙައްޤުން އަނިޔާއެއް ދިނުމަކީ އިސްލާމްދީން މަނާކުރައްވާފައިވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުލޫއަކީ ”ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީ“މިއެވެ. ހުތުބާގައި ބުނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިނގި އަނިޔާޥެރި ހަނގުރާމަ މެދުކަނޑާލިކަން އިއުލާންކުރުމަކީ ޣައްޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް ކަމަށެވެ.
ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަސްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެތްތެރިކަމާއި, ނުގުޑާ ފަދަ ޢަޒުމެއްގައި ބަދަހިކަމާއެކު ތިބެ اللهއަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމައެއްކަމަށް ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެތައް ދުވަހެއް ވަންދެން ދެމިގެން ދިޔަ މި ހަނގުރާމައިގައި މުޅި ޣައްޒާ ފަނާވެގެން ދިނަ ނަމަވެސް, މި ހަނގުރާމައިން އެތައް އިބުރަތެއް ލިބިގެންދާ ކަމަށް ހުތުބާގައި ބުންޏެވެ.
Ads by BMLއެގޮތުން اللهއަށް ނަސްރުދޭ ބަޔަކަަށް الله ނަސްރު ދެއްވާނެ ކަމަށާއި އެއްވެސް ދީނެއްގެ މީހަކަށް ނުހައްގުން އަނިޔާ ދިނުމަކީ އިސްލާމްދީން މަނާކުރައްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. ހަނގުރާމައިގެ ހާލަތުގައި ވެސް ކުޑަކުދިންނާއި ޖަނަވާރުތައް މެރުން އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމަށާއި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ހަލާކުކުރުމާއި އެ ތަންތަނުގައި އަޅުކަންކުރަން ތިބޭ މީހުން ގަތުލުކުރުން ވެސް ނަހީކުރައްވާފައިވާ ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
