ބުދަ، 18 ނޮވެމްބަރު 2026
ދީން

ތާރީހީ ދުވަހެއް: މާލެ ސަރަހައްދުގައި މާދަމާ ހުކުުރު ކުރާނީ ޒުވާން ޚަތީބުން!

ތާރީހީ ދުވަހެއް: މާލެ ސަރަހައްދުގައި މާދަމާ ހުކުުރު ކުރާނީ ޒުވާން ޚަތީބުން!

މާލެ ސަރަހައްދުގައި މާދަމާ ހުކުުރު ކުރާނީ ޒުވާން ޚަތީބުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާދަމާގެ ހުކުރު ހުތުބާގެ މައުލޫއަކީ "ގަޟޯ ގަދަރަށް އީމާންވުން" މިއެވެ. ހުތުބާ ކިޔުމަށް ހަމަޖެހިފައިވަނީ މުސްލިހް ބިން މުޙައްމަދު ޔޫސުފް، މަސްޖިދު އަފީފުއްދީން, މާލެ, އިޔާސް އަޙްމަދު، މަސްޖިދު ޖަލާލުއްދީން، މާލެ, މޫސާ މާއިސް މާޖިދު، މަސްޖިދު އަބްދުއްރަޙްމާން، މާލެ, އާތިކް އަބްދުއްސައްތާރު، މަސްޖިދު މުޙައްމަދު ޖަމީލް ދީދީ، މާލެ, ޙަނީދް ޙަނީފް، މަސްޖިދު ހަސަން އާދަމް، ހުޅުމާލެ ފޭސް 2, އަދި އަޙްމަދު މާދިން އަބްދުލްސަލާމް، މަސްޖިދު އުމަރު ބުނުލް ހައްތާބު، ހުޅުމާލެ ފޭސް 1 އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޒުވާނުންނަށް ޚާއްސަކޮށްގެން ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމު ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމު ނިންމި ޒުވާޏުންނަށް މި ރަމަޟާން މަހު ހުތުބާ ކިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.