ބުދަ، 18 ނޮވެމްބަރު 2026
ދީން

މާތްﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ: ޚުތުބާ

މާތްﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ: ޚުތުބާ

މާތްﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "ޤަޟާ ޤަދަރަށް އީމާންވުން" އެވެ.

ހުތުބާގައި ބުނީ ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތްﷲގެ އިލްމުފުޅާއި އެކަލާންގެ އިރާދަފުޅުން ކަމަށާއި އެއްވެސް ބަޔަކު ބިރުގަނެ ހިތްނުތަނަވަސްވެ މާޔޫސްވާކަށް ނުޖެހޭނެ ކަމަށެވެ. އޭނާއަށް ދިމާވެފައިވާ ކަންކަމާ، ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޤަޟާ ގަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ކަމަށާއި ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންނުވާ ނަމަ، އޭނާގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ގަޟާ ގަދަރަށް އީމާންވުމުގައި މާތްﷲ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވާން ޖެހޭ ކަމަށާއި اَللَّوْحُ الْمَحْفُوْظُ ގައި، މާތްﷲގެ ހުރިހައި ކަމެއް ލިޔުއްވައިފައިވާކަމަށް އީމާންވާން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

އަދި ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲގެ އިރާދަފުޅުންކަމާއި، އިރާދަފުޅާ ނުލައި އެއްވެސްކަމެއް ނުހިނގާނެކަމަށް އީމާންވުމާއި ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް ހެއްދެވީ اމާތްﷲ ކަމަށް ވެސް އީމާންވާން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.