ރަޝިއާއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް!
ރަޝިއާގެ އިރުމަތީގައި އޮންނަ، ބިންހެލުން އައުން އާންމު ސަރަޙައްދެއް ކަމަށްވާ ކުރިލް އައިލެންޑްސްއަށް ފަހަކަށް އައިސް ހުއްޓުމެއްނެތި އަންނަ ބިންހެލުންތަކުގެ ސިލްސިލާއަށް އިތުރު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ހާމަކުރާ ގޮތުގައި، އެންމެ ފަހުން މި ސަރަޙައްދަށް އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 6.1 މެގްނެޓިއުޑްގެ ބާރުމިނުގެ ބިންހެލުމެކެވެ.
ކުރިލް އައިލެންޑްސްއަކީ ޕެސިފިކް "ރިންގް އޮފް ފަޔަރ" ގެ ނަމުން މަޝްހޫރުވެފައިވާ، ބިންހެލުމުގެ ހަރަކާތްތައް ގިނަ އަދި އަލިފާން ފަރުބަދަތައް ގިނަ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މި ސަބަބަށްޓަކައި މިއީ ދުނިޔޭގެ ނިސްބަތުންވެސް ބިންހެލުން އައުން އާންމު ސަރަޙައްދެއްގެ ގޮތުގައި ބެލެވެއެވެ.
Ads by BMLމި ސަރަޙައްދަށް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އައި ބޮޑެތި ބިންހެލުންތަކަށް ބަލާއިރު، ޖުލައި 30 ވަނަ ދުވަހު އައި 8.8 މެގްނެޓިއުޑްގެ ބިންހެލުން ފާހަގަކޮށްލެވެއެވެ. އޭގެ ފަހުން ވެސް ޖުލައި 31 ގައި 6.5 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު 6.2 މެގްނެޓިއުޑްގެ އަދި ތިންވަނަ ދުވަހު 6.7 މެގްނެޓިއުޑްގެ ބިންހެލުމެއް ވަނީ ރިކޯޑްކުރެވިފައެވެ.
Ads by MACL
