ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޕްރޮފައިލިންގ އަދި ބެކްފިލިންގ މަސައްކަތް ކުރިއަށްދަނީ

ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ
ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ހައްދުންމަތީ ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު އެ ރަށުގައި ގޮނޑުދޮށް ޕްރޮފައިލް ކުރުމާއި ބެކްފިލިންގ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން އާންމުކުރި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސައިޓުގައި މި ވަގުތު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ސަރަހައްދު އެއްވަރުކޮށް ޕްރޮފައިލް ކުރުމާއި، ވެލިއަޅައި ބެކްފިލް ކުރުމުގެ މަސައްކަތްތަކެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ގަމުގެ އުތުރު ފަރާތު ބަނދަރު ސަރަހައްދަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. މި މަޝްރޫޢުގެ ޖުމްލަ މަސައްކަތްތަކުގެ ތެރޭގައި 30 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން، ރަށްގިރާ ސަރަހައްދަށް 10,007 ކިއުބިކް މީޓަރުގެ ވެލި އަޅައި ގޮނޑުދޮށް މުއްސަނދިކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމާއެކު، ލ. ގަމުގެ ގިރަމުންދާ ސަރަހައްދު ހިމާޔަތްކުރެވި، އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ