ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކުރިމަގުގެ ލީޑަރުން ބިނާކުރުމަށް އެމްޓީސީސީގެ ބޮޑު ކޮންފަރެންސެއް!

އެމްޓީސީސީން ބޭއްވި "ލީޑަރޝިޕް ކޮންފަރެންސް 2026" ގައި ކީނޯޓް ސްޕީކަރަކު ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަނީ --- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީން ބޭއްވި "ލީޑަރޝިޕް ކޮންފަރެންސް 2026" ގައި ކީނޯޓް ސްޕީކަރަކު ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަނީ --- ފޮޓޯ: އެމްޓީސީސީ

ކޮންފަރެންސްގައި އެ ކުންފުނީގެ 140 އަށްވުރެ ގިނަ ލީޑަރުން ވަނީ ބައިވެރިވެފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، މިއީ އުނގެނުމާއި، ހިތްވަރު ލިބިގަތުމުގެ އިތުރުން ބިނާކުރަނިވި މަޝްވަރާތަކަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.

މި ކޮންފަރެންސްގެ އެންމެ ޚާއްސަ އެއް ހަރަކާތެއްގެ ގޮތުގައި، "އެމްޓީސީސީ ލީޑަރޝިޕް ސެޓިފިކޭޝަން ޕްރޮގްރާމް" ވަނީ ރަސްމީކޮށް އިފްތިތާހު ކޮށްފައެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އިފްތިތާހު ކޮށްދެއްވި މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ލީޑަރުންގެ ގާބިލުކަން އިތުރުކުރުމާއި، މެދުކެނޑުމެއްނެތި ފަންނީ ކުރިއެރުން ހޯދައިދިނުމަށް މަގުފަހިކުރުމެވެ.

މި ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި އަލްފާޟިލް އަފީފް ޙުސައިން، މިސްޓަރ ކޯއެން ޓޭން، މިސް ސިންތިއާ ޒައި، އަދި މިސް ލަރީސާ މަރމަން ބައިވެރިވެވަޑައިގެން، ލީޑަރޝިޕާއި ހިންގުމުގެ ދާއިރާއިން އަގުހުރި މަޢުލޫމާތުތަކާއި ތަޖުރިބާތައް ބައިވެރިންނާ ހިއްސާކުރައްވާފައިވެއެވެ.

ކުންފުނީގެ ހިންގުން އެންމެ މަތީ ފެންވަރަށް ގެންދިއުމަށާއި، ކުރިމަގުގެ ލީޑަރުން ބިނާކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.