ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މޫސުމީ ބޮޑު ނުރައްކަލެއްގެ އިންޒާރު ނާސާއިން ދީފި

ނާސާއިން ބުނީ މި އަހަރު އުފެދިފައިވާ އެލްނީނޯ ދަނީ ވަރަށް ހަލުވިމިނެއްގައި ބާރުގަދަވަމުންކަމަށް ---
ނާސާއިން ބުނީ މި އަހަރު އުފެދިފައިވާ އެލްނީނޯ ދަނީ ވަރަށް ހަލުވިމިނެއްގައި ބާރުގަދަވަމުންކަމަށް ---

1997 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ތާރީޚީ އެލްނީނޯއާ އެއްވަރުގެ ނުވަތަ އެއަށްވުރެ ވެސް ބާރުގަދަ މޫސުމީ ބަދަލެއް ކުރިއަށް އޮތް މަސްތަކުގައި އަތުވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ދީފިއެވެ.

ނާސާގެ ސެޓެލައިޓް އޮބްޒަވޭޝަންތަކަށް ބިނާކޮށް މި މަހުގެ 15 ވަނަ ދުވަހު އާންމުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، މި އަހަރު އުފެދިފައިވާ އެލްނީނޯ ދަނީ ވަރަށް ހަލުވިމިނެއްގައި ބާރުގަދަވަމުންނެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި ފެނުނު މޫސުމީ ގޮތުން އެންމެ ނުރައްކާތެރި އެއް ހާދިސާއަށް ވެގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

އިކުއޭޓަރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ފިނިހޫނުމިނަށް އަންނަމުންދާ އާދަޔާ ޚިލާފު ބަދަލުތަކުގެ ސަބަބުން، މުޅި ދުނިޔޭގެ މޫސުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

މި މޫސުމީ ބަދަލާ ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުމާއި، ނުރައްކާތެރި ތޫފާންތައް އުފެދުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކާއެކު ގެއްލުންދެނިވި ބޮޑެތި ރާޅުތައް އުފެދުމުގެ ނުރައްކާ ވެސް ވަނީ އިތުރުވެފައެވެ.

މި ހާދިސާގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގެ މޫސުމަށް އަންނާނެ ބޮޑެތި ބަދަލުތަކަށް މިހާރުން ފެށިގެން ސަމާލުވެ ތިބުމަށް ނާސާގެ ރިޕޯޓުގައި ވަނީ އިލްތިމާސްކޮށްފައެވެ.