ނ. މާފަރުގައި އަލަށް ޢިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި
ނ. މާފަރުގައި އަލަށް ޢިމާރާތްކުރި ޒަމާނީ ޕޮލިސް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.
މި މުނާސަބަތުގައި މާފަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން، މާފަރު ކައުންސިލްގެ މެންބަރުންނާއި ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ޢިމާރާތްކޮށްފައިވާ މި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ 21 ޖުލައި 2025 ގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރާ ގޮތުގައި، މާފަރުގައި އަލަށް ހުޅުވުނު މި ޢިމާރާތަކީ އެ ރަށުގައި ފުލުހުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މި ތަނުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކަމާއެކު ފުލުހުންގެ ޚިދުމަތް ލިބޭނެ މަގުފަހިވެ، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
Ads by MACL
