"ޕީއެންސީއާ އެކު ނުކުމެ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަން!" - އަދާލަތުގެ ރައީސް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކު ނުކުމެ، ﷲ ގެ ވާގިފުޅާއެކު ތަނަވަސް އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ވަމުންދާ ތައްޔާރީތަކާއި، ސިޔާސީ މަސްރަހުގައި އެ ޕާޓީން ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރުމަކީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ނިންމެވި މުހިންމު ނިންމެވުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޕާޓީ ގުޅިގެން ކުރާ މަސައްކަތުން ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯދައި، ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
Ads by BMLސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، އަދާލަތު ޕާޓީން ޕީއެންސީއާ އެކު މަސައްކަތް ކުރުމަށް ނިންމުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވާދަވެރިކަން އިތުރުވެ، އިންތިހާބީ ނަތީޖާއަށް މުހިންމު އަސަރުތަކެއް ކުރާނެ ނިންމުމެކެވެ.
Ads by MACL
