ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ރޯމެޓީރިއަލް އައިޓަމްސްތަކުގެ ޑިއުޓީ 1 ޖަނަވަރީ 2027 އިން ފެށިގެން 0% ރޭޓަށް!

ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ސަރުކާރުގެ ކާމިޔާބީތައް ހިމެނޭ ޚާއްޞަ ފޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް.
ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ސަރުކާރުގެ ކާމިޔާބީތައް ހިމެނޭ ޚާއްޞަ ފޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް.

ރާއްޖޭގެ އުފެއްދުންތެރިކަމާއި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، ރޯމެޓީރިއަލް އައިޓަމްސްތަކުން ނަގާ އިމްޕޯޓް ޑިއުޓީ 1 ޖަނަވަރީ 2027 އިން ފެށިގެން %0 (ސުމެއް އިންސައްތަ) އަށް ދަށްކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާންކުރެއްވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވަމުންދާ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދައްކަވަމުން ގެންދަވާ ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ތަފާތު އުފެއްދުންތައް އުފައްދާ ފަރާތްތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ މުހިންމު ބައެއް ކަމަށެވެ. މި ބަދަލާއެކު، 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯމެޓީރިއަލްސް އެތެރެކުރާ ފަރާތްތަކަށް ޑިއުޓީގެ ގޮތުގައި އެއްވެސް ޚަރަދެއް ކުރަން ނުޖެހި، އުފެއްދުންތެރިކަމުގެ ޚަރަދު ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ނިންމެވުމަކީ ދިވެހި އުފެއްދުންތެރިން ބާރުވެރިކުރުވައި، ޤައުމީ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން އެޅުއްވި ތާރީޚީ ފިޔަވަޅެކެވެ.