ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދަށުން 1,028 ކުދިން ތަމްރީނު ފުރިހަމަކޮށްފި: ރައީސް
ޤައުމީ ޚިދުމަތަށް ހުނަރުވެރި އަދި އަޚްލާޤު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 1,028 ކުދިން ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވަމުންދާ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޒުވާނުންގެ ކިބައިގައި ޤައުމީ ލޯބި އާލާކޮށް، މަސައްކަތުގެ މާޙައުލަށް ބޭނުންވާ ޢަމަލީ ހުނަރުތައް ދަސްކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މިގޮތުން، ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކުގެ ތެރެއިން 1,028 ޒުވާނުން ތަމްރީނުވެ ޤައުމީ ޚިދުމަތަށް ނުކުތުމަކީ ޤައުމު ބިނާކުރުމުގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLމި ޕްރޮގްރާމްގެ ދަށުން ތަމްރީނު ފުރިހަމަކުރި ޒުވާނުންނަށް ލީޑަރޝިޕް ހުނަރުތަކާއި، އަޚްލާޤީ ތަރުބިއްޔަތުގެ އިތުރުން އެކި ދާއިރާތަކުން ކުރިއަށްދިއުމުގެ މަގު ވަނީ ފަހިވެގެންގޮސްފައެވެ.
Ads by MACL
