ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާތަކުގައި 5 ނޫސްވެރިޔަކު ޝަހީދުކޮށްލި: ރިޕޯޓް
ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާތަކުގައި 5 ނޫސްވެރިޔަކު ޝަހީދުކޮށްލި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ހަމައެއާއެކު، އަލްޣާދު ޓީވީގެ ލައިވްސްޓްރީމްގައި ކަޅު ގަމީހެއް ލައިގެން ފޯނުން ވީޑިއޯ ކުރަމުން ދިޔަ މޯއާޒް އަބޫ ތާހާ ވެސް ވަނީ ދެނެގަނެވިފައެވެ. އޭނާގެ މޫނުވެސް އިންސްޓަގްރާމް ފޮޓޯއާ ދިމާވާކަން ވަނީ ކަށަވަރުކުރެވިފައެވެ.
ފޭޝަލް ރިކޮގްނިޝަން ޓޫލްތައް ބޭނުންކޮށްގެން ވެސް ވީޑިއޯއިން ފެނުނު ދެ ނޫސްވެރިންގެ މޫނުތައް އެމީހުންގެ ސޯޝަލް މީޑިއާ ފޮޓޯތަކާ އެއްގޮތްކަން ވަރަށް ބޮޑު ޔަގީންކަމަކާއެކު ކަށަވަރުކޮށްދީފައިވެއެވެ.
މީގެ އިތުރުން، މަޝްހޫރު ނޫސް އެޖެންސީ، ރޮއިޓާސް އިން ވަނީ އެ މީޑިއާގެ ކެމެރާމަން ހުސާމް އަލް މަސްރީ ވެސް ނާސިރު ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވިކަން ކަށަވަރުކޮށްދީފައެވެ. އޭނާގެ ހަށިގަނޑުގެ ފޮޓޯތައް އާންމުކޮށް ފެންނަ އެހެން ތަސްވީރުތަކާ އަޅާބެލުމަށްފަހު ވަނީ ކަށަވަރުކޮށްފައެވެ.
Ads by MACL
