އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ވައިގެމަގުން ހަމަލާތަކެއް ދީފި
އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް ވައިގެމަގުން ހަމަލާތަކެއް ދީފިއެވެ.
މިހަމަލާތައް ދިނީ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ކަމަށް އިޒްރޭލުން ބުނާއިރު މި ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ގަތަރުން ބުނެފި އެވެ. މި ހަމަލާއަކީ ދޯހާގައި ދިރިއުޅޭ ރައްޔިތުންނާއި އެހެން ގައުމުތަކުގެ މީހުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވި ކަމެއް ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދް އަލް އަންސާރީ ވިދާޅުވި އެވެ.
އަންގާރަ ދުވަހު އިޒްރޭލްގެ އެއާ ފޯސްއިން ދޯހާއަށް ދިން މި ހަމަލާއަކީ މިހާތަނަށް ގަތަރަށް ދީފައިނުވާ ފަދަ ވަރުގަދަ ހަމަލާއެކެވެ. މި ހަމަލާއާއެކު ދޯހާގައި ވަރުގަދަ ގޮވުމުގެ އަޑުތަކެއް އިވިފައިވެ އެވެ. އިޒްރޭލްގެ ސިފައިން ބުނެފައިވަނީ އެމީހުން ހަމާސްގެ އިސް ލީޑަރޝިޕްއަށް ސީދާ ހަމަލާއެއް ދީފައިވާ ކަމަށެވެ. ނަމަވެސް ކޮން ލީޑަރުންނަށް ކަމެއް ނުވަތަ އެއްވެސް މީހަކު މަރުވެފައިވާކަން އަދި ކަށަވަރެއް ނުވެއެވެ.
Ads by BMLގާޒާގެ ހަނގުރާމަ ނިންމުމަށް ގަތަރާއި މިސުރުން މަސައްކަތްކުރަމުންދާއިރު، ފާއިތުވި މަހު ހަމާސްއިން އާ ސީސްފަޔާ ހުށަހެޅުމަކާ އެއްބަސްވި އެވެ. ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދްގެ ޑިޕްލޮމެޓިކް ލަފާދޭ ފަރާތް ޑރ. އަންވަރު ގަރުގާޝް ވަނީ އިޒްރޭލްގެ މި ހަމަލާ ކުށްވެރިކޮށްފަ އެވެ. އޭނާ ވިދާޅުވީ "އަރަބި ގަލްފް ގައުމުތަކުގެ ސަލާމަތަކީ ވަކިނުކުރެވޭނެ އެއްޗެކެވެ. އަދި އަޅުގަނޑުމެން ހިތާއި ފުރާނައިން ގަތަރާ އެކުގައި ހުންނާނަމެވެ،" އޭނާ އެކްސްގައި ލިޔުއްވި އެވެ.
އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ ގަތަރުން ހަނގުރާމަ ހުއްޓުވުމަށާއި ހިފެހެއްޓިފައިވާ މީހުން މިނިވަންކުރުމަށް ވަރަށް ރަނގަޅު ދައުރެއް އަދާކުރަމުން ގެންދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ "ހުރިހާ ބައިވެރިން މަސައްކަތްކުރަންވާނީ ދާއިމީ ހަނގުރާމަ ހުއްޓުމަކަށް ވާސިލްވުމަށް، ފަނާކުރުމަށް ނޫނެވެ،" އެވެ.
އިޒްރޭލުން ދޯހާއަށް ދިން ހަމަލާ އިތުރު ސަރުކާރުތަކުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. ޔަމަނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ހަމަލާއިން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމަ ނިންމުމަށް އަމާޒުކޮށްފައިވާ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށާއި، ފަލަސްތީން މައްސަލަ ހައްލުކުރުމަށް ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއަޅާ ކަމަށެވެ.
އަލްޖީރިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިޒްރޭލުން ހިންގި އަމަލަކީ އަނިޔާވެރި އަމަލެއް ކަމަށާއި، އެކަމުން ދުނިޔެއަށް ދައްކުވައިދެނީ އެ އޮކިއުޕަޔަރަކީ ސުލްހައަށް މޫނު އަނބުރާފައިވާ ފަރާތެއް ނޫންކަމާއި، އެމީހުންގެ ނުރައްކާތެރިކަމާއި ބޮޑާކަމުގެ އިންތަކެއް ނުދެކޭކަމާއި، ދުނިޔޭގެ ޤައުމުތަކުން ހިފަހައްޓާ އެންމެ އަސާސީ އަގުތަކާއި، ގަވާއިދުތަކާއި ގަނޫނުތަކަށް އެއްވެސް ސަމާލުކަމެއް ނުދޭކަން ކަމަށެވެ.
ލެބަނަންގެ ރައީސް ޖޮސެފް އައުން ވިދާޅުވެފައިވަނީ މިއަދުގެ ހާދިސާތައް ފެތެނީ އިޒްރޭލުން ހިންގާ އަނިޔާވެރިކަމުގެ ސިލްސިލާގެ ތެރެއަށް ކަމަށާއި އެކަމުން ސާބިތުވަނީ ސަރަހައްދުގައި ސްޓެބިލިޓީއާއި ސަލާމަތް ގާއިމްކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ނިޔަތް އެ ގައުމުގައި އޮތް ކަމަށެވެ.
އޮމާން އިންޒާރުދީފައިވަނީ ސަރަހައްދުގެ ސަލާމަތާއި ސްޓެބިލިޓީއަށް ނުރައްކާވެ ސުލްހައިގެ މަގުން ދުރުކޮށްލާފަދަ ނުރައްކާތެރިކަން އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަމަށެވެ. އެ ގައުމުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވަނީ އެމީހުންގެ އަޚްލާގީ އަދި ސިޔާސީ ޒިންމާތައް އުފުލުމަށް އަދި އިޒްރޭލުން އިތުރަށް ދޭ ހަމަލާތައް ހުއްޓުވުމަށެވެ.
Ads by MACL
