ޗާލީ ކާކްގެ މަރު: ސިޔާސީ ހަމަނުޖެހުން ހުއްޓުވުމަށް ޔޫޓާގެ ގަވަރުނަރު ގޮވާލައްވައިފި
އެމެރިކާގެ މަޝްހޫރު ކޮންޒަވޭޓިވް އެކްޓިވިސްޓް ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ޔޫޓާގެ ގަވަރުނަރު ސްޕެންސަރ ކޮކްސް ހުކުރު ދުވަހު އިއުލާން ކުރައްވައިފި އެވެ. މި ހާދިސާއާ ގުޅިގެން، އެމެރިކާގައި އިތުރަށް ގޯސްވަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި ރުޅިވެރިކަން ހުއްޓުވުމަށް އޭނާ ވަނީ ވަރަށް ބާރަށް ގޮވާލައްވާފަ އެވެ.
ހާދިސާ ހިނގިތާ 48 ގަޑިއިރު ތެރޭގައި 22 އަހަރުގެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމަށްފަހު، ދެ ދައުރު ޔޫޓާގެ ގަވަރުނަރުކަން ކުރައްވަމުން ގެންދަވާ ކޮކްސް ވަނީ މި ހަމަލައިގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން އަސަރާއެކު ވާހަކަ ދައްކަވާފަ އެވެ. "ސިޔާސީ ވާދަވެރިކަމުގެ މައްސަލައަކީ ފެތުރޭ އެއްޗަކަށް ވާތީވެ، އަބަދުވެސް އަނެއް ފަރާތަށް އިނގިލި ދިއްކުރެވޭނެ،" "އެއް ހިސާބަކުން އަޅުގަނޑުމެން ޖެހޭނެ މިކަމުން އަރައިގަންނާނެ މަގެއް ހޯދަން، ނޫންނަމަ މިކަން މިއަށްވުރެ މާ ބޮޑަށް ގޯސްވެގެންދާނެ." ކޮކްސް ވިދާޅުވި އެވެ.
ކޮކްސްގެ އަޑު ތުރުތުރު އަޅަމުން ދިޔައީ، މި ހަފުތާގައި ސޯޝަލް މީޑިއާގައި ދައުރުވި މި ހަމަލައިގެ ނުރައްކާތެރި ވީޑިއޯތައް ފެނި އެތައް ބަޔަކަށް ކުރި ފަދައިން، އޭނާއަށްވެސް ލިބުނު ހިތާމައާއި ރުޅިވެރިކަން ފާޅުކުރައްވަމުންނެވެ.
Ads by BMLތުހުމަތުކުރެވޭ މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ކޮކްސް ޔޫޓާގެ ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައި ވަނީ އެ ސްޓޭޓްގައި މަރުގެ އަދަބު ދެވޭނެ ކަމަށާއި، ތުހުމަތުކުރެވޭ މީހާއަށް ގާނޫނުގެ އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.
Ads by MACL
