އިންޑޮނޭޝިއާގެ ޕަޕުއާ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް!
އިންޑޮނޭޝިއާގެ ދެކުނު ޕަޕުއާ ސަރަހައްދަށް ރޭ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެގައުމުގެ ބިންހެލުން މޮނިޓަރުކުރާ މަރުކަޒުން ވަނީ ހާމަކޮށްފައެވެ. 6.6 މެގްނެޓިއުޑް ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ ތަފާތު މިންވަރަށް އަސަރުކޮށްފައެވެ.
މި ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ ހުޅަނގު ޕަޕުއާގައި އޮންނަ ނަބިރޭގެ (އާބާދީ: 43،898) ދެކުނުން 28 ކިލޯމީޓަރު ދުރުގައި، އަދި ރަންސިކީގެ (އާބާދީ: 16،245) ދެކުނުން 279 ކިލޯމީޓަރު ދުރުންނެވެ.
އަންދާޒާކުރެވޭ ގޮތުގައި، ގާތްގަނޑަކަށް 10،000 މީހުންނަށް މި ބިންހެލުމުގެ ސީދާ ބާރުމިން އިހުސާސްކުރެވިފައިވާއިރު، 116،000 މީހުންނަށް ކޮންމެވެސް ވަރެއްގެ ބާރުމިނެއްގައި އިހުސާސްކުރެވިފައިވެއެވެ. މީގެ އިތުރުން، 50،000 މީހުންނަށް މެދުމިނުގެ ބާރުމިނެއްގައި ބިންހެލުމުގެ އަސަރުކޮށްފައިވާއިރު، 804،000 މީހުންނަށް ވަރަށް ކުޑަކޮށް އިހުސާސް ކުރެވިފައިވާ ކަމަށް ލަފާކުރެވެއެވެ.
Ads by BMLބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައި ނުވެއެވެ.
Ads by MACL
