ސަރުކާރުގެ ޚަރަދުތަކުގެ ބިލް ފާސްނުވުމުން އެމެރިކާ ސަރުކާރު ހުއްޓުމަކަށް!
ސަރުކާރުގެ ޚަރަދުތަކުގެ ބިލް ފާސްނުވުމުން އެމެރިކާ ސަރުކާރު ހުއްޓުމަކަށް އަތުވެއްޖެއެވެ.
އަނގާރަ ދުވަހު ސެނެޓުގައި ސަރުކާރު ބަންދުވުން ހުއްޓުވުމަށް އެންމެ ފަހުވަގުތު ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު ޑިމޮކްރެޓުންނާއި ރިޕަބްލިކަން ސެނެޓަރުންގެ މެދުގައި ހަފްތާތަކެއް ވަންދެން ހިޔާލު ތަފާތުވުންތަކެއް ހުރުމަށްފަހު، ސަރުކާރު ހިންގުމަށް ފައިސާ ދޫކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވުނެވެ.
މި މަހުގެ ކުރީކޮޅު ޑިމޮކްރެޓުން ވަނީ ސަރުކާރު އިތުރު 9 ހަފްތާއަށް ހިންގުމަށް ރިޕަބްލިކަނުން ހުށަހެޅި ވަގުތީ ބަޖެޓާ ދެކޮޅު ހަދާފައެވެ. ޑިމޮކްރެޓިކުން ބުނީ މި ފިޔަވަޅުގައި ސިއްހީ ފަރުވާގެ ޚިދުމަތް ފުޅާކުރުމުގެ މާއްދާތައް ހިމަނަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އެފޯޑަބަލް ކެއަރ އެކްޓް (އޯބާމާކެއަރ) ގެ ސަބްސިޑީތައް އިތުރުކުރުމާއި، ޓްރަމްޕްގެ "ވަން ބިގް ބިއުޓިފުލް ބިލް އެކްޓް" ގައި ހިމެނޭ މެޑިކެއިޑް އުނިކުރުންތައް ބަދަލުކުރުން ހިމެނެއެވެ. ރިޕަބްލިކަނުން ވަނީ ސިއްހީ ފަރުވާ ފަދަ މައްސަލަތައް ވަކިން ޕާޓީތަކުގެ މަޝްވަރާގެ ތެރެއިން ކުރިއަށް އޮތްތާގައި ހައްލުކުރަންވާނެ ކަމަށް ބުނެފައެވެ.
Ads by BMLއަންގާރަ ދުވަހު، ސެނެޓް ރިޕަބްލިކަނުން ނޮވެމްބަރ 21 އާ ހަމައަށް ފައިސާ ދޫކުރުމަށް ހުށަހެޅި ވަގުތީ ބިލެއް 55-45 ވޯޓުން ފާސްނުވިއެވެ. މި ބިލް ފާސްވުމަށް 60 ވޯޓު ބޭނުންވިއެވެ. މި ބިލަށް ތާއީދުކޮށް ވޯޓު ދެއްވި ޑިމޮކްރެޓުންގެ ތެރޭގައި ޕެންސިލްވޭނިއާގެ ޖޯން ފެޓަރމަން، ނެވާޑާގެ ކެތަރިން ކޯޓެޒް މަސްޓޯ، އަދި މެއިންގެ މިނިވަން މެންބަރު އެންގަސް ކިންގ ހިމެނެއެވެ. ކެންޓަކީގެ ރިޕަބްލިކަން ރޭންޑް ޕޯލް ވޯޓުދެއްވީ ޑިމޮކްރެޓުންނާ އެއްކޮޅަށެވެ.
ރިޕަބްލިކަނުން އެއަށްފަހު ދެކޮޅުހެދީ އޮކްޓޯބަރު މަހުގެ ނިޔަލަށް ފައިސާ ދޫކުރުމަށާއި ސިއްހީ ފަރުވާއަށް 1 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް އިތުރުކުރުމަށް ޑިމޮކްރެޓުން ހުށަހެޅި ބިލަކަށެވެ. އެ ވޯޓު ފެއިލްވީ 47-53 އިން، އެއްވެސް ރިޕަބްލިކަނަކު ތާއިދު ނުކުރުމެވެ.
Ads by MACL
