ޗެކް ރިޕަބްލިކްގެ ޕާލިމަންޓް އިންތިޚާބުގެ ވޯޓުލުން ފަށައިފި
ޗެކް ރިޕަބްލިކްގެ ޕާލިމަންޓްގެ ތިރީގެ މަޖިލިސް ކަމަށްވާ ޗެމްބަރ އޮފް ޑެޕިއުޓީޒްގެ 200 މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ވޯޓުލުން ހުކުރު ދުވަހު ފަށައިފިއެވެ.
ގާތްގަނޑަކަށް 8 މިލިއަން ވޯޓުލާ މީހުން ހުކުރު އަދި ހޮނިހިރު ދުވަހު ވޯޓުލާނެއެވެ. މި އިންތިޚާބުގައި 26 ޕާޓީއާއި ގްރޫޕުން ގޮނޑިތަކަށް ވާދަކުރެއެވެ. 2021 ވަނަ އަހަރުގެ އިންތިޚާބަށްވުރެ ހަތަރު ޕާޓީ މިފަހަރު އިތުރެވެ.
ރޭޑިއޯ ޕްރާގް އިންޓަނޭޝަނަލްގެ ރިޕޯޓެއްގައިވާ ގޮތުން، 7 ޕާޓީއަކަށް ގޮނޑި ކާމިޔާބު ކުރުމުގެ "އެއްބަސްވެވޭ ފުރުސަތެއް" އެބަ އޮތެވެ. ޖުމްލަ 4,463 ކެންޑިޑޭޓުން ވާދަކުރާއިރު، ކޮންމެ ގޮނޑިއަކަށް ގާތްގަނޑަކަށް 22 ކެންޑިޑޭޓުން ވާދަކުރެއެވެ.
Ads by BMLގިނަ އޮބްޒާވަރުން މި އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށް ސިފަކުރެއެވެ. އެއީ އިންތިޚާބުގެ ނަތީޖާއިން މެދުތެރޭ ޔޫރަޕްގައި ޕޮޕިއުލިސްޓް ބްލޮކް ބޮޑުވެދާނެތީއެވެ. ބިލިއަނަރެއް ކަމަށްވާ 71 އަހަރުގެ އަންދްރޭ ބާބިޝް އިސްވެ ހުންނަ ކަނާތު ފިޔައިގެ ޕޮޕިއުލިސްޓް ANO ޕާޓީއަށް، މިހާރު ނެގިފައިވާ ޕޯލްތަކުން ތާއީދު ބޮޑެވެ. ޗެކް ސަރުކާރު އުފެދެނީ ޗެމްބަރ އޮފް ޑެޕިއުޓީޒްއިންނެވެ.
ANO ޕާޓީއަށް ގޮނޑިތަކުގެ 40% އަށްވުރެ ގިނަ ގޮނޑި ހޯދަންޖެހޭނެއެވެ. ނަމަވެސް އެއީ ވެދާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. ބާބިޝް ވަނީ އޭނާ އިންތިޚާބުވެއްޖެނަމަ ގައުމު ޔޫރޯ ސަރަހައްދުން ބޭރުކުރާނެ ކަމަށް ވައުދުވެފައެވެ. އަދި އޭނާ ވަނީ މިހާރުގެ ބޮޑުވަޒީރު ޕެޓްރް ފިއާލާގެ ODS ޕާޓީއާއެކު ކޯލިޝަނެއް ނުހަދާނެ ކަމަށްވެސް ބުނެފައެވެ.
ވޯޓުލާ މަރުކަޒުތައް ހުކުރު ދުވަހު ހަވީރު 2:00 (ޖީއެމްޓީން 1200) އަށް ހުޅުވައި، ރޭގަނޑު 10:00 (ޖީއެމްޓީން 2000) އަށް ބަންދުކުރެވުނެވެ. ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 2:00 އަށް ވޯޓުލުން ކުރިއަށްދާނެއެވެ.
ވޯޓު ގުނަން ފަށާނީ ހޮނިހިރު ދުވަހު ވޯޓުލާ މަރުކަޒުތައް ބަންދުކުރުމާއެކުގައެވެ. އަދި ނަތީޖާގެ ތެރެއިން ބައެއް ނަތީޖާތައް ހޮނިހިރު ދުވަހު ހަވީރު 6:00 (ޖީއެމްޓީން 1600) ހިސާބުގައި ލިބޭނެ ކަމަށް ބެލެވެއެވެ.
ރިޕޯޓުގައިވާ ގޮތުން، މި އިންތިޚާބުގައި ބޭރުގައި ދިރިއުޅޭ 24,000 އަށްވުރެ ގިނަ ޗެކް ރައްޔިތުން ވަނީ ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައެވެ.
2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ކުރީގެ އިންތިޚާބުގައި ބާބިޝްގެ ANO ޕާޓީއަށް 72 ގޮނޑި ކާމިޔާބު ކުރެވުނުއިރު، ފިއާލާގެ ODS އިސްކޮށް ހުރި Spolu ކޯލިޝަނަށް 71 ގޮނޑި ލިބިފައިވެއެވެ.
Ads by MACL
