ކްރިޕްޓޯ އިންވެސްޓަރު ކޮންސްޓަންޓިން ގަލިޝް މަރުވެފައި އޮއްވާ ފެނިއްޖެ
ކްރިޕްޓޯ ކަރަންސީގެ ދުނިޔޭގައި މަޝްހޫރު ނަމެއް ކަމަށްވާ، އަދި ސޯޝަލް މީޑިއާގެ ނުފޫޒުގަދަ އިންފްލުއެންސަރެއް ކަމަށްވާ ކޮންސްޓަންޓިން ގަލިޝް (ކޮސްޓްޔާ ކުޑޯގެ ނަމުންވެސް މަޝްހޫރު)، އުމުރުން 32 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ ފެނިފައިވަނީ ޔޫކްރޭންގެ ވެރިރަށް ކިޔެވްގެ އޮބޮލޮންސްކީ ޑިސްޓްރިކްޓްގައި ހުރި ލެމްބޯގީނީ އޫރަސް (ވެހިކަލެއް)ގެ ތެރެއިންނެވެ. މި ހާދިސާ ހިނގާފައިވަނީ ކްރިޕްޓޯ މާކެޓަށް ބޮޑު ކްރެޝްއެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ.
މި ޚަބަރު ފުރަތަމަ އާންމުކޮށްފައިވަނީ ކްރިޕްޓޯ ދުނިޔޭގެ ޚަބަރުތައް ފޯރުކޮށްދޭ 'ވޭލް އިންސައިޑަރ' އިން މިއަދު ހަވީރު 4:06 ގައި ކުރި އެކްސް ޕޯސްޓެއްގައެވެ. ޔޫކްރޭނިއަން ކްރިޕްޓޯ ބްލޮގަރެއް އަދި ޓްރޭޑަރެއްގެ ގޮތުގައި މަޝްހޫރު ގަލިޝް މަރުވީ ސަބަބާ ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު، ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވެއެވެ. ނަމަވެސް، މި މައްސަލަ މިހާރު ދަނީ ކިޔެވްގެ ފުލުހުން ތަހުގީގު ކުރަމުންނެވެ.
https://twitter.com/WhaleInsider/status/1976967763043430626?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1976967763043430626%7Ctwgr%5E74d803c080b1d0edb426c2bd3e6c52a102219c3f%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FWhaleInsider%2Fstatus%2F1976967763043430626ކޮންސްޓަންޓިން ގަލިޝްއަކީ ކްރިޕްޓޯ ކޮމިއުނިޓީގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވުނު ޝަޚްސިއްޔަތެކެވެ. އޭނާގެ ޔޫޓިއުބް ޗެނަލާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން ކްރިޕްޓޯ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ހިއްސާކުރެއެވެ. އޭނާގެ ފޮލޯވަރުންނަށް ލަފާދިނުމާއި، މާކެޓް އެނަލިސިސް ހިއްސާކުރުމަކީ އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެކެވެ. ހާއްސަކޮށް، ކްރިޕްޓޯ މާކެޓް ރަނގަޅު ދުވަސްވަރުގައި އޭނާވަނީ ގިނަ ބައެއްގެ އިތުބާރު ހޯދާފައެވެ.
Ads by BMLމިދިޔަ ދުވަސްތަކުގައި ކްރިޕްޓޯ މާކެޓަށް ބޮޑެތި ލޮޅުންތަކެއް އައިސް، ގިނަ އިންވެސްޓަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ބިޓްކޮއިންއާއި އެހެނިހެން އަލްޓްކޮއިންތަކުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، މިއީ ގަލިޝްގެ މަރުވުމާ ގުޅިފައިވާ ކަމެއްތޯ ބެލެމުންދެއެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ކްރިޕްޓޯ އިންވެސްޓްމަންޓްތަކުން ބޮޑެތި ފައިދާތަކެއް ލިބިފައިވާ ފަރާތްތަކަށް މިފަހަރުގެ ކްރެޝްއިން ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ގަލިޝްގެ މަރުވުމުގެ ޚަބަރާއެކު، ކްރިޕްޓޯ ކޮމިއުނިޓީވަނީ ސިއްސައިގެން ގޮސްފައެވެ. ގިނަ ބަޔަކު ދަނީ އޭނާއަށް ހެޔޮ ދުޢާކުރަމުންނެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ، މިވަގުތަށް އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މިއީ ކްރިޕްޓޯ ދުނިޔޭގެ މަޝްހޫރު ޝަޚްސިއްޔަތަކަށް ދިމާވި ހިތާމަވެރި ހާދިސާއެކެވެ.
Ads by MACL
