ފަލަސްތީނަށް އައި އީދެއް: ޔަހޫދީން ވަގަށްނެގި 2000 މީހުން މިނިވަންކޮށް އަނބުރާ އަމިއްލަ ފަސްގަނޑަށް!
އިސްރާއީލުން ވަގަށް ނަގާފައިވާ ފަލަސްތީނުގެ 2000 އަށް ވުރެ ގިނަ މީހުން މިނިވަންކޮށް، އެމީހުންގެ އާއިލާތަކާ އަލުން ގުޅިއްޖެއެވެ. މިކަމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އައި އީދެއް ކަހަލަ ބޮޑު އުފަލެކެވެ.
މިނިވަންކުރި މީހުންނަކީ އިޒްރޭލުން އެކި ސަބަބުތަކަށް ޓަކައި ހައްޔަރުކޮށް، ގިނަ ފަހަރު ޝަރީއަތެއް ނެތި ނުވަތަ ގަވާއިދާ ހިލާފަށް ބަންދުކޮށްފައި ތިބި ރައްޔިތުންނެވެ. އެމީހުންގެ މިނިވަންކަމަކީ ހަމާސް އާއި އިސްރާއީލާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުން ހާސިލްވި ކަމެކެވެ. ފަލަސްތީނު ޕްރިޒަނާސް ސޮސައިޓީން ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 2000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މިނިވަން ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
އެއްބަސްވުމުގެ ދަށުން، މިއަދު އިސްރާއީލުން ހައްޔަރުކޮށްފައިވާ 7 މީހުން ވަނީ މިނިވަންކޮށްފައެވެ. ނަމަވެސް، މި އެއްބަސްވުމުގެ ތެރެއިން މިނިވަންކުރި އިސްރާއީލު މީހުންގެ ތެރޭގައި އެލްކާނާ ބޯބޮޓް (36)، ރޮމް ބްރަސްލަވްސްކީ (21)، ނިމްރޯޑް ކޯހެން (20)، އޭރިއަލް ކޫނިއޯ (28)، ޑޭވިޑް ކޫނިއޯ (35)، އެވްޔަތާރ ޑޭވިޑް (24)، މެކްސިމް ހަރކިން (37)، އީޓަން ހޯރން (38)، ސެގޭވް ކަލްފޮން (27)، ބާރ ކުޕަރސްޓައިން (23)، ޔޫސުފް ހައިމް އޯހާނާ (25)، އަވީނާޓަން އޯރ (32)، އަދި މާތާން ޒަންގާ އުކަރ (25) ހިމެނެއެވެ.
Ads by BMLފަލަސްތީނު ޕްރިޒަނާސް ސޮސައިޓީން ވަނީ، އިސްރާއީލު ޖަލުތަކުން މިނިވަން ކުރެވޭނެ ކަމަށް ހަމަޖެހިފައިވާ 1718 ފަލަސްތީނު މީހުންގެ ނަންތައް ވެސް ހާމަކޮށްފައެވެ. މި ބަދަލުކުރުމުގެ މުއާމަލާތް ކުރިއަށްދާއިރު، ޣައްޒާގައި ހަމާސް އާއި އިސްރާއީލުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އަލްޖަޒީރާގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، މިވަގުތު ވެސް އިޒްރޭލުގެ ޖަލުތަކުގައި ގާތްގަނޑަކަށް 10،000 ފަލަސްތީނު ރައްޔިތުން ބަންދުކޮށްފައި އެބަތިއްބެވެ. ހަނގުރާމަ ފެށުނު ފަހުން، ސިޔާސީ ގައިދީންގެ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށް ގައއިދީންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ "އައްދަމީރު" އިން ބުނެއެވެ.
މިވަގުތު 400 ފަލަސްތީނު ކުޑަކުދިން އިޒްރޭލުގެ ޖަލުތަކުގައި ތިއްބެވެ. އެކުދިންގެ ގިނަ ބަޔަކު ތިބީ ޝަރީއަތުގެ ކުރިން ހައްޔަރުކޮށްފައި، އަދި އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެއެވެ.
Ads by MACL
