ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ފަތުރުވެރިކަމުގެ މުޅިންއާ ކެމްޕެއިނެއް ސްވިޑަންއިން ފަށައިފި

ފަތުރުވެރިކަމުގެ މުޅިންއާ ކެމްޕެއިނެއް ސްވިޑަންއިން ފަށައިފި

ސްވިޑަންއިން ފަތުރުވެރިކަމުގެ ދުނިޔެއަށް މުޅިން އައު ކޮންސެޕްޓެއް ތަޢާރަފްކޮށްފިއެވެ. "ދަ ސްވިޑިޝް ޕްރެސްކްރިޕްޝަން" ގެ ނަމުގައި ފަށާފައިވާ މި ކެމްޕޭނަކީ، ޑޮކްޓަރުންނަށް ބަލިމީހުންގެ ނަފްސާނީ އަދި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ސްވިޑަންއަށް ދަތުރުކުރުމަށް އިރުޝާދު ދިނުމަށް ބާރުއަޅާ، ދުނިޔޭގައި ފުރަތަމަ ފަހަރަށް ތަޖުރިބާކުރެވޭ ފަދަ ޚާއްސަ ޕްރޮގްރާމެކެވެ.

ވިޒިޓް ސްވިޑަންއިން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ، ސްޓްރެސް ކުޑަކުރުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމެވެ. ސްވިޑަންގެ ގުދުރަތީ ރީތި މާހައުލާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަގާފީ ހަރަކާތްތައް ބޭނުންކޮށްގެން، މި ކެމްޕޭނުން އަމާޒުކުރަނީ ސިއްހީ ގޮތުން ފައިދާކުރާ ތަފާތު ތަޖުރިބާތަކަށެވެ. މި ހަރަކާތްތަކުގެ ތެރޭގައި ޖަންގަލީގައި ހިނގާލުން، ސައިކަލު ދުއްވުން، ސިއްހީ ސެޝަންތައް އަދި ސްވިޑަންގެ މަޝްހޫރު "ފީކާ" (ކޮފީ ބްރޭކް) ފަދަ ކަންކަން ހިމެނެއެވެ.

ވިޒިޓް ސްވިޑަންއިން ބުނާ ގޮތުގައި، މި ކެމްޕޭނަކީ ބަލިތަކުން ރައްކާތެރިވުމާއި، ސްޓްރެސް ކުޑަކުރުމާއި، ކުދިކުދި ނަފްސާނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަގުފަހިކޮށްދޭނެ ކެމްޕޭނެކެވެ. މެޑިކަލް އެކްސްޕާޓުންނާއި ދިރާސާވެރިންގެ އެހީގައި، މިފަދަ ތަޖުރިބާތަކުން ސިއްހީ ގިނަ ފައިދާތަކެއް ލިބޭކަން ވަނީ ސާބިތުކޮށްފައެވެ.
ކެރޮލިންސްކާ އިންސްޓިޓިއުޓްގެ ޕްރޮފެސަރ ޔޮވޮން ފޯސެލްއަކީ މި ކެމްޕޭނުގެ ސިއްހީ ފައިދާތައް ދިރާސާކުރެއްވި މައިގަނޑު އެކްސްޕާޓެވެ. ގުދުރަތީ މާހައުލުގެ ސަބަބުން ދުޅަހެޔޮކަން އިތުރުވާކަމަށް ގިނަ ބައިނަލްއަޤްވާމީ ޑޮކްޓަރުންނާއި ދިރާސާވެރިން ތާއީދުކުރެއެވެ.
މި ކެމްޕޭނުގެ ވެބްސައިޓުން "ޕްރެސްކްރިޕްޝަން" ޑޮކިއުމެންޓެއް ޑައުންލޯޑް ކުރެވޭނެއެވެ. ނަމަވެސް، ވިޒިޓް ސްވިޑަންއިން ވަނީ ދަތުރުފަތުރަށް ނުވަތަ ފަރުވާއަށް ފައިސާ ނުދޭނެކަން ހާމަކޮށްފައެވެ. މި ޕްރެސްކްރިޕްޝަންގެ ބޭނުމަކީ ހަމައެކަނި ބަލިމީހާއާއި ޑޮކްޓަރާ ދެމެދު މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތް ހޯދުމަށް އެހީތެރިވުމެވެ.
ސްވިޑަންއިން މިފަދަ ޕްރޮގްރާމްތައް މީގެ ކުރިންވެސް ތަޖުރިބާކޮށްފައިވެއެވެ. މި ކެމްޕޭނަކީ ފަތުރުވެރިން ސްވިޑަންއަށް ގެނައުމަށް ކުރާ ވަރަށް ހުޝިޔާރު މަސައްކަތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.