ޣައްޒާއަށް ބޭނުން އިރަކު ހަމަލާދިނުމުގެ ބާރު އިޒްރޭލަށް ލިބިގެންވޭ: ނަތަންޔާހޫ
ޣައްޒާއަށް ބޭނުން އިރަކު ހަމަލާދިނުމުގެ ބާރު އިޒްރޭލަށް ލިބިގެންވާ ކަމަކަށް ނަތަންޔާހޫ ބުނެފިއެވެ.
އެމެރިކާގެ ހުށަހެޅުމުގެ ދަށުން ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކުރެއްވި ގޮތުގައި، ޣައްޒާއަށް ބޭނުން އިރަކު ހަމަލާދިނުމުގެ ބާރު އިޒްރޭލަށް ލިބިގެންވެ އެވެ. އަދި ޣައްޒާގައި ސުލްހަ ބަލަހައްޓާ ބައިނަލްއަޤްވާމީ ފައުޖެއް ތިބި ނަމަވެސް، އިޒްރޭލުން އެކަމަށް ބަލަން ޖެހިފައި ނުވާނެ ކަމަށް އޭނާ ބުނެއެވެ.
ނަތަންޔާހޫ އޭނާގެ ވަޒީރުންނާ ބައްދަލުކޮށް ބުނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ސުލްހަ ބަލަހައްޓަން ބައިނަލްއަޤްވާމީ ފައުޖެއް ކަނޑައެޅި ނަމަވެސް، ޣައްޒާއަށް ވަދެވޭނީ އިޒްރޭލުން ރުހުން ދޭ ޤައުމުތަކުގެ ސިފައިންނަށް އެކަނި ކަމަށެވެ. އަދި "ދުޝްމަނުންނަށް ހަމަލާ ދޭނީ ކޮންތާކުން ކޮން އިރަކުތޯ" އެހެން ބައެއްގެ ކައިރީ އިޒްރޭލުން އަހަން ނުޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
Ads by BML"އިޒްރޭލަކީ މިނިވަން ޤައުމެއް. އަހަރެމެންގެ ސަލާމަތް ހޯދާނީ އަހަރެމެން އަމިއްލައަށް. މިކަމުގައި އެހެން ބައެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ. އަހަރެމެންގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އަހަރެމެން." ނަތަންޔާހޫގެ މި ބަސްތަކުން އިޒްރޭލުގެ ސަލާމަތީ ކަންކަމުގައި އެއްވެސް ފަރާތެއްގެ ބެލެނިވެރިކަން ބަލައިނުގަންނާނެކަން ވަނީ ހާމަވެފައެވެ.
ހަމާސް އާއި އިޒްރޭލުން ދެ އަހަރަށް ފަހު ހަމަލާތައް ހުއްޓާލަންވީ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން ވަނީ ފަހަތަށް ޖެހިފައެވެ. އަދި ފަހުގެ މަރުހަލާއެއްގައި ޣައްޒާ ހިމާޔަތް ކުރުމުގެ ޒިންމާ ނަގާނީ އަރަބި ނުވަތަ މުސްލިމް ޤައުމުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ލަޝްކަރަކުންނެވެ.
ނަމަވެސް، އިޒްރޭލުގެ ނުރުހުން އަމާޒުވާ ތުރުކީގެ ބައިވެރިވުން މި ލަޝްކަރުގައި ނުބޭއްވޭނެ ކަމަށް އިޒްރޭލުން ވަނީ ހާމަކޮށްފައެވެ.
Ads by MACL
