ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވުމުން ރަހީނުންގެ ހަށިތައް ހަވާލުކުރުން ހަމާސްއިން ފަސްކޮށްފި
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވުމުން ބާކީހުރި ރަހީނުންގެ ހަށިތައް ހަވާލުކުރުން ހަމާސްއިން ފަސްކޮށްފިއެވެ.
ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްއިން، އިސްރާއީލުގެ ރަހީނުންގެ ހަށިގަނޑުތައް ހަވާލުކުރުން ފަސްކޮށްފައިވާކަން މިއަދު ވަނީ ހާމަކޮށްފައެވެ. މިކަމުގެ ސަބަބެއްކަމަށް އެޖަމާއަތުން ބުނެފައިވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށެވެ.
ހަމާސްގެ އަލް-ޤައްސާމް ބްރިގޭޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ "ޒަޔަނިސްޓް" ފަރާތުން ކޮންމެފަދަ ހަމަލާއެއް ދިނުމަކީ ވެސް ހަށިގަނޑުތައް ހޯދުމާއި، ބިންގަނޑު ކޮނުމުގެ މަސައްކަތަށް ހުރަސްއެޅި، ހަށިގަނޑުތައް ހަވާލުކުރުން ލަސްވާނެ ކަމެއް ކަމަށެވެ.
Ads by BMLއަލް-ޤައްސާމް ބްރިގޭޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ "ޒަޔަނިސްޓް" ފަރާތުން ކޮންމެފަދަ ހަމަލާއެއް ދިނުމަކީ ވެސް ހަށިގަނޑުތައް ހޯދުމާއި، ބިންގަނޑު ކޮނުމުގެ މަސައްކަތަށް ހުރަސްއެޅި، ހަށިގަނޑުތައް ހަވާލުކުރުން ލަސްވާނެ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ތުހުމަތުކޮށް، ޣައްޒާއަށް ވަގުތުން ބާރުގަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާއަށް އަމުރުކޮށްފައެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ހަމާސްއިން ދަނީ ހޮސްޓޭޖުންގެ ހަށިގަނޑުތައް ހަވާލުކުރުމުގައި ގަސްތުގައި ލަސްކުރަމުންނެވެ.
އަލް-ޤައްސާމް ބްރިގޭޑްސްއިން ވަނީ އިސްރާއީލުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެމީހުން ބުނެފައިވަނީ ހޮސްޓޭޖުންގެ ހަށިގަނޑުތައް ހޯދުމަށް ކުރާ މަސައްކަތަށް އިސްރާއީލުން ހުރަސްއަޅަމުންދާ ކަމަށާއި، ބަރު މެޝިނަރީ ޣައްޒާއަށް އެތެރެކުރުމަށް ހުއްދަ ނުދީ، ރެޑް ކްރޮސްގެ މީހުންނާއެކު ހަރަކާތްތެރިވާ ޓީމުތަކަށް މުހިންމު ސަރަހައްދުތަކަށް ވަނުމަށް ހުރަސްއަޅާކަމަށެވެ.
ހަމާސްއިން ބުނާ ގޮތުގައި، އިސްރާއީލުގެ މި އަމަލުތަކަކީ އެއްބަސްވުމާ ޚިލާފުވެ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އާ ހަމަލާތަކެއް ދޭން މަގުފަހިކުރުމަށްޓަކައި ހަދާ ދޮގު ބަހަނާތަކެކެވެ. އެހެންކަމުން، މެދުވެރިންނާއި ގެރެންޓީ ދޭ ފަރާތްތަކުން މިކަމުގައި ޒިންމާ ނަގައި، އިސްރާއީލުގެ މި ހުރަސްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވެސް ހަމާސްއިން ވަނީ ގޮވާލާފައެވެ.
Ads by MACL
