ފިލިޕީންސް އަށް "ސުޕަ ޓައިފޫން" ފަންގް-ވޮންގް އަރަނީ، ސަތޭކަ ހާހަށްވުރެ ގިނަ މީހުން ހިމާޔަތްކޮށްފި
ފިލިޕީންސަށް "ސުޕަ ޓައިފޫން" ފަންގް-ވޮންގް އަރާތީ، އެތައް ސަތޭކަ ހާސް މީހުން ހިމާޔަތްކޮށްފިއެވެ.
ފިލިޕީންސަށް ބޮޑު ތޫފާނެއްގެ ނުރައްކާ ކުރިމަތިވެ މިއަދު ފިލިޕީންސަށް އަރާނެ ކަމަށް ލަފާކުރެވޭ "ފަންގް-ވޮންގް" ތޫފާން ވަނީ "ސުޕަ ޓައިފޫން" އެއްގެ ދަރަޖައަށް ގަދަވެފައެވެ. މި ތޫފާނުގެ ސަބަބުން ގަދަ ވަޔާއި ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ތޫފާނީ އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާބެހޭ އިދާރާތަކުން ބުނެއެވެ. ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ފިލިޕީންސް ސަރުކާރުން ވަނީ 100,000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ފިލިޕީންސްގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ އެލާޓް ނެރެފައިވާއިރު، އެގައުމުގެ ދެކުނުގައިވާ ކެޓަންޑުއާންސް، ކެމަރިންސް ނޯޓޭ އަދި ކެމަރިންސް ސޫރަށް ވަނީ އެންމެ މަތީ އެލާޓް ކަމަށްވާ "އެލާޓް 5" ނެރެފައެވެ. ވެރިރަށް މެނީލާއާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކަށް "އެލާޓް 3" ނެރެފައިވެއެވެ.
Ads by BMLތޫފާން ފަންގް-ވޮންގް އެންމެ ފުރަތަމަ އަރާނެ ކަމަށް ލަފާކުރެވެނީ މިރޭގެ ވަގުތެއްގައި ކެޓަންޑުއާންސްގެ ލޫޒޯން ރަށަށެވެ. އެވަގުތު ވައިޖެހޭ ބާރުމިން ގަޑިއަކު 185 ކިލޯމީޓަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ވައިގަދަވާ ވަގުތުތަކުގައި ގަޑިއަކު 235 ކިލޯމީޓަރަށް ވައިގެ ބާރުމިން އިތުރުވެދާނެއެވެ. މިހާރުވެސް، ތޫފާނުގެ އަސަރުން ވިސަޔަސް ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ ފިލިޕީންސަށް ދާދި ފަހުން އަރާ ތޫފާން ކަލްމައެގީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި 204 މީހުން މަރުވިތާ މާގިނަ ދުވަސްތަކެއް ނުވެ އަރާ ދެވަނަ ބޮޑު ތޫފާނެވެ.
Ads by MACL
