ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިންޑިއާގައި ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ޑރ. ޕަރްވޭޒް އަހުމަދު، ރާއްޖޭގައި މަސައްކަތްކުރި: ރިޕޯޓް

މިހަމަލާގައި 12 މީހުންމަރުވެ އެތައްބަޔަކުވަނީ ޒަޚަމް ވެފައި ---
މިހަމަލާގައި 12 މީހުންމަރުވެ އެތައްބަޔަކުވަނީ ޒަޚަމް ވެފައި ---

އިންޑިއާގައި ދިން ބޮމުގެ ހަމަލާގައި ހައްޔަރުކުރެވުނު ޑރ. ޕަރްވޭޒް އަހުމަދު، ރާއްޖޭގައި މަސައްކަތްކުރިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ނިއު ދިއްލީގެ ރެޑް ފޯޓް ސަރަހައްދުގައި މިމަހުގެ 10 ވަނަ ދުވަހު ކާރެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރެވުނު ޑރ. ޕަރްވޭޒް އަހުމަދު، ރާއްޖޭގައި މަސައްކަތްކުރި ކަމަށް ރިޕޯޓްކޮށްފައިވަނީ އިންޑިއާގެ ނޫސްތަކުންނެވެ. މި ހަމަލާގައި ގިނަބަޔަކު މަރުވެފައިވާ އިރު، އިންޑިއާގެ ފުލުހުން ވަނީ ހަމަލާގެ ތަހުގީގު ފުޅާކޮށްފައެވެ.

އިކޮނޮމިކްސް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުން، ޕަރްވޭޒް އަހުމަދު ވަނީ 2016 ވަނަ އަހަރު ރާއްޖެ އައިސް، ޕްރައިވެޓް ސެކްޓާގައި ހިމެނޭ ހޮސްޕިޓަލެއް ނުވަތަ ކްލިނިކެއްގައި މަސައްކަތްކޮށްފައެވެ.

އިންޑިއާގެ އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އާ ހަވާލާދީ އިކޮނޮމިކް ޓައިމްސްއިން ބުނީ، ޕަރްވޭޒް ރާއްޖޭގައި މަސައްކަތްކުރިއިރު ހަރުކަށި ފިކުރުގެ މީހުންނާ ނުވަތަ ހަރުކަށި ފިކުރުގެ ގްރޫޕުތަކަށް މީހުން ރެކްރޫޓުކުރާ ފަރާތްތަކާ ބައްދަލުކުރިތޯ ބަލަމުންދާ ކަމަށެވެ.

އޭޓީއެސްއިން ފާހަގަކޮށްފައިވާ ގޮތުގައި، ޕަރްވޭޒް މުހައްމަދު ރާއްޖޭގައި މަސައްކަތްކުރި އަހަރުތަކުގެ ބޭންކު ސްޓޭޓްމެންޓުތަކާއި އެހެނިހެން ޑޮކިއުމެންޓްސްއަކީ މި މައްސަލައިގެ ތަހުގީގަށް ވަރަށް މުހިންމު ތަކެއްޗެވެ. މި މައްސަލައާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.