ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނިއު ޔޯކުގެ "ކޮމިއުނިޒަމް" އިން ސަލާމަތްވާން އޮތް ތަނަކީ ފްލޮރިޑާ: މަމްދާނީގެ ކާމިޔާބީއާއެކު ޓްރަމްޕްގެ ރައްދު

ނިއު ޔޯކުގެ "ކޮމިއުނިޒަމް" އިން ސަލާމަތްވާން އޮތް ތަނަކީ ފްލޮރިޑާ: މަމްދާނީގެ ކާމިޔާބީއާއެކު ޓްރަމްޕްގެ ރައްދު

އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭ މުސްލިމެއް ކަމަށްވާ މަމްދާނީ ހޯދި ސިޔާސީ ކާމިޔާބީއާ ގުޅުވައި، ނިއު ޔޯކަކީ ކޮމިއުނިސްޓުންގެ އައްޑާއެއްގެ ގޮތަށް ސިފަކުރައްވައި، އެ ފިކުރުން ސަލާމަތްވާން ބޭނުންވާ މީހުންނަށް އޮތް ހަމައެކަނި ހިމާޔަތަކީ ފްލޮރިޑާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ވޯޓުލުން ފެށުމާ ގާތްވެފައިވަނިކޮށް ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، "ޓްރޫތު ސޯޝަލް" ގައި ލިޔުއްވި މެސެޖަކާއި އަދި އޭގެ ފަހުން ދެއްވި ތަގުރީރެއްގައި އޭނާ ވަނީ ނިއު ޔޯކްގެ ސިޔާސީ މަސްރަހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީގެ ކާމިޔާބީއަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވީ، ނިއު ޔޯކްގައި ފެތުރެމުންދާ ކޮމިއުނިޒަމްގެ އޮއިވަރުން ރައްކާތެރިކަން ހޯދުމަށް ރައްޔިތުން ދެން މިސްރާބު ޖަހާނީ ފްލޮރިޑާއަށް ކަމަށެވެ.

ޓްރަމްޕްގެ މި ވާހަކަތައް އަމާޒުވި މަމްދާނީއަކީ މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ މަގބޫލު ޕްރޮފެސަރ މަހްމޫދު މަމްދާނީ އާއި ފިލްމު އުފެއްދުމުގައި ނަން ހިނގާ މީރާ ނައިރްގެ ދަރިކަލުންނެވެ.

މަމްދާނީގެ އާއިލާއަށް ބަލާއިރު، އޭނާގެ ބައްޕައަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. އަދި މަންމައަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ. އުފަންވީ ޔުގެންޑާއަށް ކަމުގައި ވިޔަސް، މަމްދާނީގެ އުމުރުން އެންމެ ހަ އަހަރުގައި އޭނާގެ މައިންބަފައިން ވަނީ އާއިލާއާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.