ބޮޑު ފިނީގެ ތޫފާނަކުން އެމެރިކާގެ މެދުތެރެއަށް ބޮޑެތި ގެއްލުންތަކެއް!
އެމެރިކާގެ އުތުރުގެ މެދުތެރޭ ސަރަހައްދުގައި ހިނގި ބޮޑު ފިނީގެ ތޫފާނެއްގެ ސަބަބުން، ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އެރިއެވެ. މިގޮތުން ޑެސް މޮއިންސް އިންޓަރނޭޝަނަލް އެއަރޕޯޓްފަދަ ބޮޑެތި އެއަރޕޯޓްތައް ބަންދުކޮށް، ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކޮށް، މަގުތަކުގައި ދުއްވުން ނުރައްކާތެރިވެ، ކަރަންޓް ކެނޑި، ސްކޫލްތައް ބަންދުކުރަން ޖެހިފައިވާއިރު، އައިއޯވާ، ވިސްކަންސިން، އަދި މިޝިގަން ފަދަ ސްޓޭޓްތަކުގެ ދިރިއުޅުމަށް ބޮޑު އަސަރެއް ފޯރާފައިވެއެވެ.
މި ތޫފާން ކުރިއަށް ދިޔައީ އެމެރިކާގެ މެދުތެރޭގެ އުތުރުން ކެނެޑާގެ ސަރަހައްދަށް ވާސިލްވަމުންނެވެ. ތޫފާނުގެ ސަބަބުން އައިއޯވާގެ ބައެއް ސަރަހައްދުތަކަށް 18 އިންޗިއާ ހަމައަށް ސްނޯ ވެހި، ގަދަ ވަޔާއެކު 50 މޭލަށް ވުރެ ބާރު މިނުގައި ވައި ޖެހިފައިވެއެވެ. މިގޮތުން މުޅި އައިއޯވާއާއި، ވިސްކަންސިންގެ ބޮޑު ބަޔަކާއި، މިޝިގަން އަދި މިނެސޯޓާގެ ބައެއް ސަރަހައްދުތަކަށް މޫސުމީ އިންޒާރު ނެރެފައިވިއެވެ.
ދަތުރުފަތުރަށް ދިމާވި ހުރަސްތަކުގެ ތެރޭގައި އެންމެ ބޮޑު އަސަރެއް ކުރީ ޑެސް މޮއިންސް އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ބުރާސްފަތި ދުވަހުގެ ރޭ ފެށިގެން ހުކުރު ދުވަހު ހެނދުނާ ހަމައަށް އެއަރޕޯޓް ބަންދުކޮށްފައިވިއިރު، އެތައް ސަތޭކަ ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހުނެވެ. މީގެ އިތުރުން މަގުތަކުގައި ސްނޯ ގިނަވެ، ދުއްވުން ނުރައްކާތެރިވުމުގެ ސަބަބުން، އައިއޯވާގެ ގިނަ މަގުތަކެއް ވަނީ ބަންދުކުރެވިފައެވެ.
Ads by BMLތޫފާނުގެ ސަބަބުން މުޅި ސަރަހައްދުގައި ހާސްކަން އުފެދި، ދިރިއުޅުމުގެ އެތައް ކަމަކަށް ބުރޫއެރިއެވެ. އައިއޯވާގެ ހާލަތު ބޮޑުވުމުގެ ސަބަބުން އެ ސްޓޭޓްގެ ގިނަ ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކުރެވިފައެވެ. އަދި ހިދުމަތްދޭ ގިނަ ތަންތަން ބަންދުކޮށްފައިވާއިރު، އެތައް ހާސް ކަސްޓަމަރުންނަށް ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފައެވެ.
Ads by MACL
